އައްޑޫ ކަރަންޓް މައްސަލަ ހައްލުކުރުމަށް މާލެއިން ދެ އިންޖިނޭރުން އައްޑުއަށް ގެންދާ ކަމަށް ފެނަކައިން ބުނެފިއެވެ. މި ދެ އިންޖިނޭރުން ކުޑައިރުކޮޅެއްގެ ތެރޭގައި މޯލްޑިވިއަން އިން އައްޑޫއަށް ދާނެކަމަށް ފެނަކައިން ބުނެއެވެ. މި އިންޖިނޭރުން އައްޑުއަށް ދަނީ މައްސަލަ ހައްލުކުރުމަށްއ ބޭނުންވާ އިތުރު ފަންނީ އެހީ ތެރިކަން ފޯރުކޮށް ދެއްވުމަ ކަމަށް އެކުންފުނިން ބުނެއެވެ.
އައްޑޫން ކަރަންޓް ކެނޑިފައި ވަނީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫއިން އެވެ. ގަމަށްވެސް ކަރަންޓް މައްސަލަ ދިމާވެފައި ވީނަމަވެސް މުހިންމު ތަންތަނުގައި ކަރަންޓް ހުރިކަމަށް ވެއެވެ.
އައްޑޫ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ފެނަކައިން ބުނެއެވެ.
"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަނަޓް ޚިދުމަތް މެދުކެނޑިފައި ވާތީ، މައްސަލަ ޙައްލުކުރުމަށް މިކުންފުނީގެ ފަންނީ މުވައްޒަފުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ." ފެނަކައިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.
ލަސްތަކެއް ނުވެ އައްޑޫ ގުޚުފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ޙައްލުކޮށް ޚިދުމަތް އިޔާދަ ކޮށްދެއްވާނެ ކަމުގެ ޔަޤީން ކަން ފެނަކައިން ވަނީ ދެއްވައިފައެވެ.
އައްޑޫ ރައްޔިތުން އެމައްސަލައިގައި ދައްކަމުންދާ ކެތްތެރިކަމު ނާމޫނާ ފާހަގަކޮށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.
adduge karantun vanee faidhaa dimandu varah bodu ragalhu eng. nehthaagai ekandhanna meehakuves neh school ga ragalhu teacherakuves hospitaluga ragalhu doctor eh ves neh ekamaku hurihaa dhaairakun emmemolhumeehun thibi atoll aa baadhee 36000 hehehehehehehehehehheh