
ކުލަބް މޯލްޑިވްސް 18/30ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފިއެވެ.
އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުލުހުންނާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު 1-3 ގެ ނަތީޖާ އިން ކާމިޔާބުކޮށްގެންނެވެ.
މި ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފެނަކަ ޓީމުގެ ޝަހުލާ ހޮވުނުއިރު، އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ފެނަކަ ޓީމުގެ 3 ކުޅުންތެރިން ހިމެނިފައިވެއެވެ. އެއީ ޚަދީޖާ، ޝަހުލާ އަދި ނޫރާ އެވެ.
މުޅި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި 2 ކުޅުންތެރިންގެ ތެރޭގައި ފެނަކަ ޓީމުގެ އިނާޝާ ހިމެނިފައިވެއެވެ.