
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް އައްޔަން ކުރައްވައިފިއެވެ.
ޢަލީ ހާޝީމް މި މަގާމަށް އައްޔަންކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޢަލީ ޙާޝިމް އެމަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ވަނީ ޙަވާލުކުރައްވައިފައެވެ.
ޢަލީ ހާޝިމް އަކީ 2008ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ފައިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
(ޚަބަރާއި ފޮޓޯ: ރައީސް އޮފީސް)