ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމް.އެމް.އޭ ގެ ގަވަރްނަރަކަށް މއ. ޑާޗާ ޢަލީ ހާޝިމް ޢައްޔަންކުރެއްވުމަށް މިއަދު ރައީސުލްޖުމުހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ޙޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ޢަލީ ހާޝިމް ގަވަރްނަރަކަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ވަނީ އޭނާގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އަލީ ހާޝިމް އަކީ އެމް.ޑީ.ޕީ ގެ ވެރިކަމުގައި ފައިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
President @ibusolih has nominated Mr. Ali Hashim, Ma. Dascha to be confirmed by the People’s Majlis as Governor of Maldives Monetary Authority. Mr. Hashim had previously served as the Minister of Finance from 2008-2010.
— Ibrahim Hood (@MvSpokesperson) August 28, 2019