
ކ. ކަގި މޯލްޑިވްސް ރިސޯޓުގެ ހުޅަނގުފަރާތު ކަނޑުއޮޅީ ފަރަށްއެރި ފެރީއަކަށް އެހީވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މިފެރީ ފަރަށްއެރި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 9:46 އެހައިކަންހާއިރު ކަމަށެވެ. މިފެރީން 31 މީހުން ދަތުރުކުރިއެވެ. އެއީ 11 އަންހެނުންނާއި، 4 ކުޑަކުދިންނާއި 16 ފިރިހެނުން ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ. މިއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފަރަށް އަރައިފައިވަނީ ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ކޮންފޯޓް އެކްސްޕްރެސް އެމްސް1 ނަމަކަށް ކިޔާ ފޭރީއެވެ.