
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އައިޝާ ޝުޖޫންގެ ގޮނޑި ބާރ ކައުންސިލުގެ އެގެޒެކެޓިވް ކޮމެޓީން ހުސްވުމުން އެގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުން މިމަހު 28 ގައި ބާއްވަން އެކައުން ސިލުން ނިންމައިފިއެވެ. ނަމަވެސް އެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތެއް އަދި ހުޅުވައެއް ނުލައްވައެވެ.
ބާރ ކައުންސިލް އެކުލެވިގެން ވަނީ، ޤާނޫނީ ވަކީލުންގެ ތެރެއިން އިންޚާބުކުރެވޭ ރައީސަކާއި ނައިބު ރައީސަކާއި ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލުންގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ހިމެނިވަޑައިގަންނަވާ ގޮތަށެވެ. ކައުންސިލްގެ ރައީސަކީ މައުމޫން ޙަމީދެވެ. ނައިބު ރައީސަކީ ޢަބްދުﷲ މުއިއްޒެވެ. މީގެ އިތުރުން އެގްޒެކެޓިވް ކޮމެޓީގައި މިހާރު ތިއްބެވީ މެމްބްރުންނަކީ ވަކީލް މުހައްމަދު އަސީލާއި މުހައްމަދު ފައިސަލާއި އަނާރާ ނައީމާއި އަޙްމަދު މުއިއްޒާއި އަނަސް އަބްދުއްސައްތާރެވެ.
ބާރ ކައުން ސިލަކީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ޤާނަކުން ބާރު ލިބިގެން ވަރަށް ފަހުން އުފެއްދެވި މުއައްސަސާއެކެވެ.