
ދިވެހިރާއްޖެއިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް އަރުވައިފިއެވެ.
ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތުގައި ޗައިނާގެ ސްޓޭޓް ކައުންސެލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހިޒް އެކްސެލަންސީ ވެންގް ޔީ، ޗީފް އޮފް ޕްރޮޓޮކޯލް މރ. ހޮންގް ލެއި އަދި ޗީފް އޮފް އޭޝިއާ ޑިޕާޓްމަންޓް މރ. ވޫ ޖިއަންގާއޯ ބައިވެރިވެވަޑައިގަތެވެ.
އަދި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ފާތުމަތު ލިއުޝާ އާއި ތަރޑް ސެކްރެޓަރީ ހުސައިން އަބްދުއްލަތީފް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
(ޚަބަރާއި ފޮޓޯ: ފޮރިން މިނިސްޓްރީ)