އުއްތަމަ ފަނޑިޔާރު ނިއުދިއްލީއަށް ވަޑައިގެންފި

އިންޑިއާގެ އުއްތަމަ ފަނޑިޔާރު މިސްޓަރ ޓީ.އެސް. ޓާކޫރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިންޑިއާގެ ނިއުދިއްލީއަށް އިއްޔެ ވަޑައިގަންނަވައިފިއެވެ. އުއްތަމަ ފަނޑިޔާރުގެ މިދަތުރުފުޅުގައި؛

އިންޑިއާގެ ޝަރުޢީ ނިޒާމް ހިނގާގޮތް ދެނެގަތުމުގެ އިތުރުން، ބޭރުގެ އެކިއެކި ގައުމުތަކުގެ ޝަރުޢީ ދާއިރާއާއި އިންޑިއާގެ ޝަރުޢީ ދާއިރާގައި އާބިޓްރޭޝަންއާ ގުޅޭގޮތުން ޢަމަލުކުރަމުންދާގޮތް ދެނެގަނެގަތުމަށްޓަކައި 3 ދުވަހުގެ މުއްދަތަށް ބާއްވާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ބައިވެރިވެ ވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.