ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ނަހުލާ ބުދަ ދުވަހު މަޖިލީހަށް ވަޑައިގަންނަވަނީ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރު ނަހުލާ އަންނަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ މިނިސްޓަރު ނަހުލާ ބުދަ ދުވަހު މަޖިލީހަށް ވަޑައިގަންނަވަނީ ފުލުހުން ވެހިކަލް ތަކުގައި ސްޓިކާ ޖަހާ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ކަމަށެވެ.

ބުދަ ދުވަހު މިނިސްޓަރު ނަހުލާއަށް ޖާބިރު ސުވާލު ކުރައްވަން އޮތީ މާލޭގެ ޕާކިން މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދައިނުދެއްވައި، ގަވައިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދު ތަކުގައި ފުލުހުން ސްޓިކާ ޖަހަނީ ކީއްވެތޯއެވެ. މިއީ މިނިސްޓަރު ނަހުލާވެސް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިގޮތަށް މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ނަހުލާ ބުދަ ދުވަހު މަޖިލީހަށް ހާޒިރު ކުރައްވާއިރު މާދަމާވެސް ވަޒީރަކު މަޖިލީހަށް ހާޒިރު ކުރައްވާނެއެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.