
ނ. ހޮޅުދޫ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސެއިން ރަޝީދު ޙަސަނެވެ. އަދި ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެސެންޓޭޓިވް ހަމްދޫން އަނީސެވެ.
ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ޖުމްލަ -/6،569،032.00 ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢު ނިމުމަށް ހަމަޖެހިފައިވަނީ 10 މަސް ދުވަހުގެ ތެރޭގައެވެ. އަދި މި މަޝްރޫއުއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.
(ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް)