
ޖޫޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުގެ ތެރެއިން ކުރިމަތި ލެއްވި ތިންބޭފުޅުންގެ ނަންފުޅު ދިރާސާ ކުރެއްވުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން ވިދާޅުވީ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން އާންމުންގެ ތެރެއިން ޖޭއެސްސީ ކުރިމަތިލީ ތިން ފަރާތަކުން ކަމަށެވެ. އެބޭފުޅުންނަކީ؛
1- ޚާލިދު ޤާސިމް، ރޯޒީ/ ކ. ތުލުސްދޫ
2- ޒުބައިރު އަހްމަދު މަނިކު/ ގ. މަލްވިނަ
3- މިރުފަތު ފާއިޒު/ މއ. ރަންފަހި
އާންމުންގެ ފަރާތުން ޖޭއެސްސީގައި މިހާރު އިންނަވަނީ، އަބްދުލް ޙަންނާން އަހުމަދެވެ. އެނާގެ މަޤާމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ގައެވެ.