
ރޭ ދަންވަރު 1:00 އެހައިކަންހާއިރު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ފާރެއްގައިޖެހި އެކްސިޑެންޓު ވެއްޖެއެވެ.
އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ބޯށިމާ ހިނގުމުގައެވެ. ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހިފައިވަނީ އެމްޑަބްލިޔުއެސްސީ ހިންގާ ޢިމާރާތުގެ ފާރުގައެވެ.
ކާރު ދުއްވަންއިނީ ޢުމުރުން 22 އަހަރުގެ ފިރިހެނެކެވެ. އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސޑެންޓުގައި ފާރަށާއި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި އިރު ކާރު ދުއްވަން އިން މީހާ ބަންދުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދު ކުރުމަށްފަހު މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.