
ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭހުގެ ބާވަތްތައް މޯލްޑިވް ގޭހުން ރާއްޖޭގެ މާކެޓަށް ތަޢާރަފް ކޮށްފިއެވެ.
ކާލްޓަން ބްރޭންޑުގެ ހަތަރު ބާވަތެއް މޯލްޑިވް ގޭހުން އިއްޔެ ވަނީ ރާއްޖޭގެ މާކެޓަށް ނެރެފައެވެ.
އޭގެ ތެރޭގައި އެއާކޮންޑިޝަނަރ ތަކަށް ޚާއްސަ ގޭހާއި، ކޫލަރު ތަކަށް ބޭނުންވާ ގޭހާއި، ގެސްޓު ހައުސްތަކާއި ރިސޯޓުތަކުގައި ތަކެތި ފިނިކުރުމަށް ޚާއްސަ ގޭސް ހިމެނެއެވެ. އޭގެ އިތުރަށް މަހުގެ ބާވަތްތައް ރައްކާކޮށްފައި ބެހެއްޓާ ކޯލްޑް ސްޓޯރޭޖު ތަކުގައި ބޭނުން ކުރާ ގޭސް ވެސް މޯލްޑިވް ގޭހުން ބާޒަރަށް ނެރެފައިވެއެވެ.
މޯލްޑިވް ގޭހުން ވިދާޅުވީ މިއީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކޮށް ރިސާޗު ކުރުމަށްފަހު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ގޭހުގެ ބާވަތްތަކެއް ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ތިމާވެއްޓާ ވެސް ރައްޓެހި އެއްޗެކެވެ. މި ބާވަތުގެ ގޭސްތައް މޯލްޑިވް ގޭސްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.