
2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ވޯޓުނެގުމަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕުކޮށްފިއެވެ.
އިންތިޚާބަށް ޗާޕުކޮށްފައިވާ ވޯޓުކަރުދާހުގެ ޖުމްލަ ޢަދަދަކީ 4,506 (ހަތަރުހާސް ފަސްސަތޭކަ ހައެއް) ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕުޚާނާއެއްކަމުގައިވާ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.