ނޮވެމްބަރު ތިނެއްގެ ޙަމާލާގައި އިސްކޮށްހުރި ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ކަރެކްޝަނާ ހަވާލު ކުރިޔަސް އޭނާ އެއް އަހަރު ވަންދެން ވެސް ޖަލުގައި ބަހައްޓާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ހުރިކަން ޢާއްމުންނާ ހަމައަށް ތިލަކުރީ ޢުމަރު ނަސީރެވެ.
ޢުމަރު ވިދާޅުވީ ލުތުފީ ޖަލުގައި ބެހެއްޓުމުގެ ބަދަލުގައި "ކޮންމެ ވެސް އެއްޗެއް ކިޔާފައި" މިސަރުކާރުން އޭނާ ގެއަށް ބަދަލުކުރާނެ ކަމަށެވެ. ޢުމަރު ތުހުމަތު ކުރެއްވި ގޮތުގައި ލުތުފީ ރާއްޖޭގެ އެމްބަސީގައި ހުރިކަން ބޭޒާރު ނުވިނަމަ ލަންކާގެ މަސްރަހު ހަމައަކަށް އެޅުމާއެކު ލުތުފީ ދާން ބޭނުންވާ ތަނަކަށް މިސަރުކާރުން ފޮނުވީހެވެ.
"ލުތުފީ އެމްބަސީއަށް އައީ ލަންކާގައި ބޮން ގޮއްވައި މަސްރަހު ގޯސްވުމުން ޙިމާޔަތް ހޯދަން ކަމަށް ބެލެވެނީ. އޭނާ އެތާހުރިކަން ދިވެހި ރައްޔިތުންނަށް ބޭޒާރު ނުވިނަމަ އޭނާ ރާއްޖެއަށް ވެސް ނުގެންނާނެ. އޭގެ ބަދަލުގައި އޭނާ ކުރިން ވެސް އުޅެމުންދިޔަ ތަނަށް ނުވަތަ އޭނާ ބޭނުންވާ ތަނަކަށް މިސަރުކާރުން އޭނާ ފޮނުވާނެ. އޭނާ ރާއްޖެ ގެނައީ ވެސް މަޖުބޫރުވެގެން،" ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ގެންދަވަނީ "ލުތުފީ ޖަލަށް-މަގޭ މިނިވަން ޤައުމު" ގެ ނަމުގައި އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. މިއެއްވުން ބާއްވާނީ މިމަހު 18 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައެވެ. ސަރުކާރުން ވަނީ އެ ޙަރަކާތް ބޭއްވުމަށް އެސަރަޙައްދު ޢުމަރަށް ދޫކުރައްވައިފައެވެ.
ހީވާގޮތުން ޢުމަރުގެ ވެރިކަމުގައި ލުޠުފީ އެންމެ ދުވަހަކުވެސް ޖަލުގައި ނެތް، ޤަވްމީ ފެންވަރުގައި ފިތުނަ އުފެއްދުމަށް މަސައކަތް ކުރުމުން އަބަދުވެސް ދަނީ ދަށަށް، އެކަމަކު ފެންނަނީ ރައީސުލް ޖުމްހޫރިއްޔާ ގެ މަޤާމު، އެވަރުގެ އަގެއްނެތް މީހަކަށް ވެރިކަން ނުދޭހާ ދިވެހީން ވެސް މިހާރު ބޯ ރަނގަޅު.
ލުތުފީ ބޭހަށް ދިޔައީ ގޭގައި ބަހައްޓާފައި ހުއްޓާ. އެއީ މައުމޫނު ދައުރުން ފެށިގެން ގެއަށް ބަދަލުކޮށްފައި ހުރި މީހެއް