
އިސްރާއީލުގެ ހައިފާއާއި ސައޫދީ އަރަބިއްޔާ ގުޅުވައިދޭ ރޭލްވޭ ވިއުގައެއް އެޅުމަށް އިސްރާއީލުން ހުށަހަޅައިފިއެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އަރަބި ބަހުން ޓްވީޓްކުރާ ރަސްމީ ޓްވިޓާ އެކައުންޓް إسرائيل بالعربية އިން ކޮށްފައިވާ ޓްވީޓެއްގައި ވާގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔިސްރާއީލް ކަޓްޒް ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ކުރި ދަތުރުގައި އޭނާ ވަނީ މި ރޭލުވޭ ވިއުގައިގެ ޕްރޮޕޯޒަލް ހުށަހަޅާފައެވެ.
'އިގްތިސާދީ ތަރައްގީގެ ރޭލު' ގެ ނަމުގައި އިސްލާއީލުން ހުށަހަޅާފައިވާ މި މަޝްރޫއުގެ ބޭނުމެއްކަށް އެ ޓްވީޓުގައި ބުނެފައި ވަނީ ޖޯޑަން (އުރްދުން) ހުރަސްކޮށް އިސްލާއީލުގެ ރޭލްވޭ ވިއުގައާއި ސައޫދީ އަރަބިއްޔާ ގުޅުވައިލުމެވެ.
އިސްރާއީލު ޚާރިޖީ ވުޒާރާއިން ބުނާ ގޮތުގައު މި ރޭލްވޭ ވިއުގައިގެ ސަބަބުން ސަރަހައްދީ ވިޔަފާރިއަށް ނުހަނު ކުރު، ނުހަނު އަގުހެޔޮ، އަމާންކަން ބޮޑު މަގުތަކެއް ހުޅުވިގެންދާނެއެވެ. އަދި އެ ވިއުގައިގައި ހިމެނޭ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެގެންދާނެއެވެ.
މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ހައިފާއާއި، ސައޫދީ އަރަބިއްޔާ އަދި ގަލްފުގެ ގައުމުތައް ގުޅުވާލައި، އުސްމާނީ ޚިލާފަތުތެ ޒަމާނުގެ 'ހިޖާޒް ރޭލްވޭ' ގެ ބައެއް އަލުން އާރާސްތުކުރުމަށް ފާއިތުވި އަހަރު (މިހާރުގެ ޚާރިޖީ ވަޒީރު ކަޓްޒް ދަތުރުފަތުރާ ބެހޭ ވަޒީރަކަށް ހުރެގެން) އިސްރާއީލުން ވަނީ ހުށަހަޅާފައެވެ.
'އިގްތިސާދީ ތަރައްގީގެ ރޭލު' ޕްލޭންކޮށްފައި ވަނީ ހައިފާއިން ފެށިގެން، ބީސާން ހުރަސްކޮށް، އައްޝައިޚް ޙުސައިން ކްރޮސިންގ ޕްއިންޓު ހުރަސްކޮށް ޖޯޑަންގެ އިރްބިދުން ގޮސް ސައޫދީ އަރަބިއްޔާއަށް ވަންނަ ގޮތަށެވެ.
މި މަޝްރޫއުން އިސްރާއީލު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ޔޫރަޕާ ގަލްފުގެ ގައުމުތަކުގެ މެދުގައި މުދާ ބަދަލުކުރުމުގެ މަރުކަޒަކަށް ހެދުމެވެ. ޔޫރަޕުން އެއްގަމު މަގުން އިސްރާއީލަށް މުދާ ގެނެސް، އެ މުދާ އިސްރާއީލުން ގަލްފުގެ އަރަބި ގައުތަކަށް ގެންދިއުމެވެ.