
ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއެކުރައްވައިފިއެވެ. ސޮއެ ކުރެވުނު ދެ އެއްބަސްވުމަކީ ވައިގެ ޚިދުމަތާ ބެހޭ އެއްބަސްވުމަކާއި ޚަރިޖީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ގޮތުން ދެ ގައުމުގެ ޚަރިޖީ ވުޒާރާ އާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ. ވައިގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގެ މަގްސަދަކީ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށްފި މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ފަހިކޮށްދެއްވުމެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ސިންގަޕޫރުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލީ ހޫސެން ލޫންގ ބައިވެރިވެ ވަޑައިގެންނެވިއެވެ.