އިސްލާމީ ޔުނިވަރސިޓީ މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތު: ރައީސް

ފޮޓޯ: ރައިސް އޮފީސް

އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ ތަޢުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރުން ބަންދު ނުކުރައްވާނެ ކަމަށެވެ.

ޔުނިވަރިސިޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މި ހަފްތާ ތެރޭގައެވެ. ގައުމީ ޔުނިވަރސިޓީގެ ގާނޫނުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރެވުނު ނަމަވެސް އިސްލާމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެވިފައި ނުވެއެވެ. ދެ ބިލު ވެސް މަޖިލީހަށް ބަލައިގަނެ މިހާރު ކުރިއަށްދަނީ ކޮމެޓީ މަރުޙަލާއެވެ.

ގައުމީ ޔުނވަރސިޓީ ބިލަށް ކުރެވުނު ބަހުސްގަިއ ގިނަ މެންބަރުންގެ ވާހަކައިގެ އަމާޒުހުރީ ރާއްޖެއަށް ދެ ޔުނިވަރިސިޓީ އެއް ބޭނުންނުވާ ކަމަށެވެ. އަދި އިސްލާމީ ޔުނިވަރިސިޓީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއަކަށް ހަނިކުރުމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.