ބޭރުގެ ވަކީލުންނަށް ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތުކުރެވޭ ގޮތަށް ޤާނޫނީ ފަންނުގެ ބިލް މަޖިލީހުން ފާސްކުރައްވައި

  1. ބޭރުގެ ވަކީލުންނަށް ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރެވޭގޮތަށް ޤާނޫނީ ފަންނުގެ ބިލް ރަޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލް ފާސްކުރެއްވީ 69 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
    ޤާނޫނީ ފަންނުގެ ބިލަކީ ރާއްޖޭގެ ވަކީލުން ގެ ބެލެނިވެރިކަން ބާ ކައުންސިލަށް ދިނުމަށް ކަނޑައަޅައިފައިވާ ބިލެކެވެ. ބިލްގައިވާ ގޮތުން ބިލްތަސްދީޤްކުރައްވައި ޤާނޫނަކަށް ވާ ހިސާބުން ބާ ކައުންސިލް އުފެދުނީއެވެ. އަދި ބިލަށް ޢަމަލުކުރަންފަށާ ދުވަހުންފެށިގެން 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލްގެ ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވަންޖެހޭނެ އެވެ. ފުރަތަމަ އިންތިޚާބު ބާއްވަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުންކަމަށް ބިލްގައި ބުނެފައި ވެއެވެ. ބާ ކައުންސިލްގެ ހިންގާ ކޮމެޓީ އެކުލެވިގެން ވަނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ރައީސަކާއި ނާއިބްރައީސަކާއި އިތުރު ހަ މެމްބަރުންނާއި ބަންޑާރަނާއިބްގެ މައްޗަށެވެ. އިންތިޚާބުގައި ވޯޓް ލެވޭނީ ބިލް ޤާނޫނަކަށްވާ ދުވަހާ ހަމައަށް ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށްކަމަށް ބިލްގައި ބުނެފައި ވެއެވެ.
    ބިލްގައި ބެނެފައިވާ ގޮތުން ބޭރުގެ ވަކީލުންނަށް ރާއްޖޭގެ ކޯޓް ތަކުގައި ވަކާލާތު ކުރެވެނީ އެކަމުގެ ހުއްދަ ބާ ކައުންސިލުން ދިނުމުންނެވެ. ނަމަވެސް ބޭރުގެ ޤާނޫނީ ވަކީލުންނަށް ކަންކަމުގައި ޤާނޫނީ ލަފާ ދިނުމަށް ވަކި ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.