ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީ އާއި މިއަދު ޗިޓު ހަވާލުކޮށްފިއެވެ، ދީދީގެ ތަހުގީގު ބާއްވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. ޖޭއެސްސީ އިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ދީދީގެ ތަހުގީގު އޮންނާނީ މާދަމާ ހެނދުނު ދިހައެއް ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
ޖޭއެސްސީ އިން ބަލަމުން ގެންދާ ދެ މައްސަލައަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ އެ ކޮމިޝަނަށް އޭނާ ހާޒިރު ކުރެވުނެވެ. ނަމަވެސް އޭނާގެ މައްސަލަ އާއްމުކޮސް ހުޅުވާލައިގެން ކުރިއަށް ގެންގޮސްދެއްވުމަށް އެދި ވަޑައިގަތުމުން އެރޭ އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ޖޭއެސްސީން ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ބަލަނީ ދީދީގެ ސުލޫކީ ދެ މައްސަލައެކެވެ.
dhivehi bahuge gawaaidhu hifehettevumaa jumla is fas nukuravvaa ibaaraai kurevvun edhen mihaarakah ais liyun thah kiyan ves undhagoo