މާދަމާ ފަށާ ބައްދަލުވުމަކަށް ޑިފެންސް މިނިސްޓަރ ރަޝިއާއަށް ފުރާވަޑައިގެންފި

ރަޝީޔާގެ ހުޅަނގުގައި އޮންނަ ރަށެއް ކަމަށްވާ އޫފާގައި މާދަމާ ފަށާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ ރަޝިޔާއަށް ފުރާވަޑައިގެންފިއެވެ.

"ދިހަވަނަ އިންޓަރނޭޝަނަލް މީޓިން އޮފް ހައިލެވެލް އޮފިޝަލް ރެސްޕޮންސިބަލް ފޯ ސެކިޔިރިޓީ މެޓާސް" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ރަޝިއާއަށް ފުރައި ވަޑައިގެންނެވީ މިއަދު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 20 ގެ ލިޔަލަށެވެ. މިއީ ރަޝިޔާގެ ސެކިޔުރިޓީ ކައުންސިލް ނުވަތަ ސަލާމަތީ މަޖިލީހުން އިންތިޒާމު ކުރައްވައިގެން ބާއްވާ ބައްދަލުވުމެކެވެ. މިއީ ބައިނަލްއަގުވާމީ ސަލާމަތީ ކަންކަމާބެހޭ އެންމެ މަތީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ.

މިދަތުރުފުޅުގައި ރަޝިޔާގެ ޑިފެންސް މިނިސްޓަރާ މާރިޔާ ބައްދަލު ކުރައްވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.