
އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަންވުމަކީ ކުރައްވަމުގެންދެވި ވަރަށްބޮޑު އުންމީދެއް ކަމަށް އަތަނުގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އީޕީއޭއަކީ މިނިވަންތަނެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމުން އެކަމަށް މަރުޙަބާވިދާޅުވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަން މިނިވަންނުވެ ލަސްވެފައިވަނީ ވާދަވެރިކަން ބޮޑުވެގެންނެވެ. މިނިވަންތަކަށް އެތަން ބަދަލުވުމުން ވާދަވެރިކަން ކެނޑި އެތަނުގެ އަމިއްލަ ފައިމަތީގައި ތަން ހިނގަން ފަށައި ރައްޔިތުންނަށް ލިބެންވާ ޚިދުމަތްވެސް މިހާރަށް ވުރެ އަވަހަށް ލިބޭނެ ކަމަށް ބެލެވެއެވެ.