މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް ފައިސަލް ލަންކާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ހިމެނޭ ވަފުދެއް އަވައްޓެރި ސްރީލަންކާއަށް މިއަދު ވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި ރައީސްގެ ނައިބު ފައިސަލް އިސްވެ ހުންނަވައި ކޮލަމްބޯއަށް ވަޑައިގެންނެވި ވަދުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބަޔެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރާއި މަޖިލީހުގެ އިސްބޭފުޅުންގެ މިވަދު ލަންކާއަށް ވަޑައިގަތުމުގެ މައިގަނޑު ބޭނުމަކީ ދާދިފަހުން ސްރީލަންކާގައި ހިނގައިދިޔަ ބޮންގޮއްވުމުގެ ހިތާމަވެރި ހާދިސާއަށް ފަހު ލަންކާގެ މަސްރަޙަކީ މިހާރު އަމާން މާހައުލެއްކަން އާންމުންނަށް ކަށަވަރުކޮށް ދިނުމުގެ އިތުރުން ދިވެހިން ތިބީ ސްރީލަންކާގެ ރައްޔިތުންނާއެކުކަން ހާމަކޮށްދިނުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވަފުދުން ސްރީލަންކާގެ އިސްވެރިންގެ އިތުރުންވެސް އިދިކޮޅު ބަޔެއް ސިޔާސީ ބޭފުޅުންނާވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.  މިއީ މަޖިލީހުގެ ރައީސް މުޙަންމަދު ނަސީދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އެކުގައި މިގޮތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.