ރިޒާ ހުވާ ކުރައްވައިފި

19 ވަނަ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން ހުވާ ކުރެއްވި ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނު މާލެ އަތޮޅު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

19 ވަނަ މަޖިލިސްއަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވި ޖަލްސާގައި ރިޒާއަށް ބައިވެރިވެވަޑައި ނުގެންނެވުނީ އޭރު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި ރިޒާ ހުންނެވުމުގެ ސަބަބުންނެވެ. މިއަދު ރިޒާ ހުވާ ކުރެއްވީ މަޖިލިސް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު އަބްދުﷲ ދީދީއެވެ. ރިޒާ ހުވާ ކުރެއްވީ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ.

ރިޒާއަކީ ދެވަނަ ދައުރަށް ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ. ރިޒާ ވަނީ ނިމިދިޔަ ދައުރުގައިވެސް ގުރައިދޫ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރައްވާފައެވެ. އޭނާއަކީ ގާނޫނީ ވަކީލެއްވެސް މެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.