ޝާހް ރުކް ޚާން އާއެކު އީދު ސަލާންކުރަން ޑޭވިޑް ލެޓަރމަން ބައިވެރިވެއްޖެ

މިފަހަރު އީދު ސަލާން ކުރަން ޝާހް ރުކް ޚާން އާއެކު ޚާއްސަ މެހެމާނަކު ބައިވެރިވެއްޖެއެވެ. އެއީ އެމެރިކާގެ ޓޯކް ޝޯ ހޯސްޓް ޑޭވިޑް ލެޓަރމަން އެވެ.

އާދައިގެ މަތިން އީދު ދުވަހު ޝާހް ރުކް ޚާންގެ ގެ، މަންނަތު ކައިރިއަށް އޭނާއަށް ތާއީދުކުރާ ގިނަބަޔަކު ޖަމާވެއެވެ. އެ މީހުންނާ ޝާހް ބައްދަލުކުރަނީ އޭނާގެ ގޭގޭ ޓެރެސް އިންނެވެ. މިފަހަރުވެސް އެއްވެފައި ތިބި މީހުންނާ ސަލާންކުރަން ޝާހް ނުކުތީ ހަގު ދަރިފުޅު އިބްރާހީމް އާއެކުއެވެ. ޝާހަށް ތާއިދުކުރާ މީހުންނާ ސަލާންކޮށް އޭނާ އަތް ހޫރަމުން ދަނިކޮށް ލެޓަރމަން އެ މަންޒަރު ބަލަން ނުކުމެއެވެ.

ލެޓަރމަން އާއި ޝާހް ރުކް ގެ ގިނަ ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވަމުންދާއިރު އެއް ވީޑިއޯއިން އޭނާ ލެޓަރމަން އަށް 'ސަލާން' ކުރަން ދަސްކޮށްދޭ މަންޒަރު ފެނެއެވެ. ޝާހް ވަނީ އޭނާގެ ސޯޝަލްމީޑިއާގައި އިއްޔެގެ ބައެއް ވީޑިއޯ އާއި ފޮޓޯ ހިއްސާކޮށް އީދު ފަހަގަކުރަން އޭނާއާ އެކު ވަގުތު ހޭދަކުރި އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

ޝާހް ވަނީ މިދިޔަ މަހު ނިއުޔޯކުގައި ލެޓަރމަންގެ ޝޯ 'މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރޮޑަކްޝަން' އަށް ޝޫޓު ކޮށްފައެވެ. މިފަހަރު ޝާހް މިވަނީ އޭނާއަށް އޮތް ތާއީދު ލެޓަރމަން އަށް ދައްކާލާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލެޓަރމަން ޝާހް ރުކާއެކު މިހާރު ދަނީ ޝޯގެ ބާކީ ބައި ޝޫޓުކުރަމުންނެވެ، އިއްޔެގެ މަންޒަރުތައް ވެސް ލެޓަރމަންގެ ކްރޫ އިން ވީޑިއޯކުރަމުންދިޔަ މަންޒަރު ފެނެއެވެ. މި އެޕިސޯޑު ސްޓްރީމްކުރާނީ ނެޓްފްލިކްސް އިންނެވެ. ނަމަވެސް އަދި ވަކި ތާރީޚެއް ހާމަކޮށްފައިނުވެއެވެ.

https://instagram.com/p/ByVWZPJnQDB/

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.