
'ކުޗް ކުޗް ހޯތާ ހޭ' އަށް 20 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ 1998ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހުއެވެ. ފިލމުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކަަރަން ޖޯހަރް، ޝާހް ރުކް ޚާން، ކަޖޮލް، އަދި ރާނީ ވަނީ މިރޭ ޚާއްޞަ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ދަރްމާ ޕްރޮޑަކްޝަންސްގެ ގިނަ ތަރީންތަކެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި ސިދާތް މަލޯތްރާ، ޖާންވީ ކަޕޫރް، އަނާނިޔާ ޕާންޑޭ، ކަރީނާ ކަޕޫރް، ޓުވިންކަލް ކަންނާ ހިމެނެއެވެ. އަދި އިތުރު އެކްޓަރުންވެސް ބައިވިރިއެވެ. ކުޗް ކުޗް ހޯތާ ހޭ އަކީ ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމެކެވެ.