ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދޫކޮށްލި ދެމީހުން އަނެއްކާ ބަންދު ކޮށްފި

ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހުޅުމާލޭ ގެއަކުން ބަންދުކުރި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން އެ ދެމީހުން ދޫކޮށްލައިފައިވަނިކޮށް އަނެއްކާ ވެސް އެ ދެމީހުން ބަންދު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުން ބަންދުކޮށްފައިވަނީ ހުޅުމާލެ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ. އެ މީހުން ބަންދުކުރީ ރޭ ދަންވަރު 3:17 އެހައިކަންހާއިރު އެމީހުން ހުޅުމާލޭގައި އުޅޭ ގެއިންނެވެ. ފުރަތަމަ ފަހަރުވެސް އެމީހުން ބަންދުކުރީ ހުޅުމާލޭ ކޯޓުން އަމުރު ހޯދައިގެންނެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކީ ޢުމުރުން 25 އަހަރުގެ ދިވެއްސެކެވެ. ދެވަނަ މީހާއަކީ ވެސް ދިވެއްސެކެވެ. އޭނާގެ ޢުމުރަކީ 52 އަހަރެވެ.

ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އެ މީހުން ގެންދިޔުމުން ދޫކޮށްލީ ކޯޓުއަމުރުގައި ފަނޑިޔާރުގެ ނަން ނެތިގެން އަމުރުގެ ސައްޙަކަން ކަށަވަރު ނުވާތީ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިފަހަރު ވެސް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ވަނީ އެ މީހުން ދޫކޮށްލައިފައެވެ. މިފަހަރު ދޫކޮށްލި ސަބަބެއް ފުލުހުން ވިދާޅެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.