
ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހެނދު ހިނގި ބޮޑު އެކްސިޑެންޓަށް ފަހު ފިލައިގެން ދިޔަ ކާރު ހުޅުމާލޭ ގަރާޖަކަށްލައި ފޮރުވާފައި ވަނިކޮށް ފުލުހުން ހޯދައިފިއެވެ.
އެކްސިޑެންޓްވި ކާރަކީ މާލެއިން ހުޅުމާލެއަށް ދަތުރުކޮށްފައި އައި ކާރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލައިގެންދިޔަ ކާރަކީ ޕްރައިވެޓް ކާރެކެވެ. މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓުގައި ހައިވޭގައި ބައްހައްޓާފައި ހުންނަ ގިނަ އަދަދެއްގެ ޑިވައިޑާތައް ވަނީ ފުނޑުފުނޑު ވެގެން ގޮސްފައެވެ.
ޑިވައިޑާތައް ފުނޑުފުނޑު ކޮށްލުމަށް ފަހު އެ އެކްސިޑެންޓްވީ ކާރާއެކު ޑްރައިވަރު ވަނީ ފިލާފައި ވުމުން ފުލުހުން އައީ އެކާރު ހޯދުމުގެ މަސައްކަތް ހުޅުމާލޭގައި ކުރަމުންނެވެ.
ބްރިޖު ހައިވޭގައި މީގެކުރިންވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައެވެ. މީގެކުރިންވެސް ބަޔެއް އެކްސިޑެންޓު ތަކުގައި ޑިވައިޑާތައް ހަލާކު ވެފައިވެއެވެ. ނަމަވެސް މިއީ އެންމެގިނަ އަދަދަކަށް ޑިވައިޑާތައް ހަލާކު ވެގެންދިޔަ އެކްސިޑެންޓެވެ.
ބާރަށް ދުއްވާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަން
Keekuranbaa filanee dhuvvey levves baaree