
ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުންގެ ޢީދު ސަލާމްކުރެއްވުން މާދަމާ ނުބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހީމް ޙޫދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޢީދު ސަލާމްކުރެއްވުން ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. ޢީދު ސަލާން ކުރެއްވުންބާއްވަން ކުރިން ހަމަޖައްސަވާފައި އޮތީ މާދަމާ ހެނދުނު ރިޔާސީ ގަނޑުވަރު، މުލިއާގޭގައެވެ.