
މާދަމާއަކީ މިއަހަރުގެ ކުޑަ އީދު ދުވަސްކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިއެވެ.
މިއހަރުގެ ޝއްވާލުމަހުގެ ހަނދު ސާޞިތުކުރެއްވުމަށް ބޭއްވި ބައްދަލުވުމަށްފަހު ކޮމެޓީގެ ފަރާތުން އިއްވެވި ބަޔާނުގައި ވިދާޅުވީ އިސްލާމީ ބައެއް ގައުމުތަކަަށް ހަނދު ފެނިފައިވާތީ އާއި އަދި ރާއްޖޭގެ ބައެއް ރަށްތަކަށް ޝއްވާލު މަހުގެ ހަނދު ފެންމަތިވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ މާދަމާ އަކީ ޢިދު ދުވަސް ކަމުގައި ކަނޑައެެޅުއްވީ ކަމަށެެވެ. މިއީ މީގެ ކުރިންވެސް ޢަމަލުކުރަމުން އައިސްފައިވާ ގޮތެވެ،