ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މައްޗަން ގޮޅީ މެދުދާއިރާގެ މެމްބަރު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިންތިޚާބު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސް ކުރާގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި މަޖިލީސް ރައީސަކު ހޮވުމަށް ނެގި ސިއްރު ވޯޓު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ 67 ވޯޓު ހޯއްދަވައި ގެންނެވެ. އެމަނިކުފާނާ ވާދަކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ. ބާތިލް އެއް ވޯޓެވެ.
މި ޖަލްސާގައިވަނީ މަޖިލީހުގެ ނާއިބު ރައީސަކު ވެސް އިންތިޚާބު ކުރައްވައިފައެވެ. އެމަޤާމަށް އިންތިޚާބު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އެވެ. އެމަޤާމަށް އީވާ ނޫން އެހެން ބޭފުޅަކު ކުރިމަތިލައްވައިފައިނުވާތީ އޭނާ މަޤާމަށް އިންތިޚާބު ކުރެއްވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އީވާ ނާއިބަކަށް އިންތިޚާބު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 76 މެމްބަރުންނެވެ. ނުފެން ކަމަށް ވޯޓު ދެއްވީ 9 މެމްބަރުންނެވެ.
މިރޭގެ ޖަލްސާގައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ މެމްބަރުން މަޤާމުގެ ހުވައި ކުރައްވައިފައެވެ. މެމްނަރުންނަށް ހުވައި ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއެވެ. މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އަޙުމަދު ސިޔާމް މުޙައްމަދެވެ. އޭނާ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ އެންމެ ގިނަދުވަސްވީ މެމްބަރުގެ ޙައިސިއްޔަތުންނެވެ.
މިރޭގެ ޖަލްސާގައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ މެމްބަރުން މަޤާމުގެ ހުވައި ކުރައްވައިފައެވެ. މެމްނަރުންނަށް ހުވައި ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއެވެ. މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރ އަޙުމަދު ސިޔާމް މުޙައްމަދެވެ. އޭނާ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ އެންމެ ގިނަދުވަސްވީ މެމްބަރުގެ ޙައިސިއްޔަތުންނެވެ.
.