މާލޭގައި ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެމީހާ ވަގަށް ނަގަން އުޅުނީ އައިޖީއެމްޗު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެކެވެ. ސައިކަލު ވަގަށް ނަގަން އުޅުމުން އެވަގު އެ ސަރަހައްދުގައި އޮފް ޑިއުޓީގައި ހުރި ފުލުހަކަށް ފެނިގެން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން ވަނީ ދުވެ ފިލަން އުޅެފައެވެ. އޭނާ ބަންދުކުރީ ފިލަން އުޅުމުންނެވެ.
އޭނާ ވަގަށް ނަގަން އުލުނުސައިކަލުވެސް ވަނީ ފުލުހުންގެ ބެކުމުގެ ދަށަށް ގެންގޮސްފައެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.