
-
ކޮންމެ ހަފްތާއަކު ލުއިފުޅިއެއް ހިލޭ ލިބޭ ޕޮރޮމޯޝަނެއް މޯލްޑިވް ގޭހުން މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން ޖޫން 5 ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ލުއި ގޭސް ފުޅިއެއް 10 ކިލޯ ގޭހާއެކު ހިލޭ ލިބޭނީ ބެކަޕްސިލިންޑަރ ބައްލަވައިގަންނަވާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.
މޯލްޑިވް ގޭސް އިން ވިދާޅުވެފައިވަނީ މިއީ ކުއްލިއަކަށް ގޭސް ހުސްވެގެން ދިމާވާ އުނދަގޫ ތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ފެއްޓެވި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަނުގައި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 330 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ރީފިލް ކުރުމަށް 45 ރުފިޔާ ދައްކަން ޖެހެއެވެ.