
ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު ޝާން ޝާކިރު، ނާއިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، އާއިޝަތު ޝާން ޝާކިރު ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އެމްބަސީއަށް ހުށައަޅާ ކޮންސިއުލަރ މައްސަލަތަކާއި އިތުރު އެކި ދާއިރާތަކުން ބަންގްލަދޭޝްއާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.