ތޮއްޑޫ ދަނޑުވެރިން ބުނަނީ ފަޅޯގެ އަގު މިފަހަރު ވަރަށް ދަށްކަމަށް

ކޮންމެ ރަމަޟާން މަހަކަށް ދަނޑުވެރިކަމުގެ ބާވަތްތައް އެންމެގިނައިން ބާޒާރަށް ނެރޭ އެއްރަށަކީ އއ. ތޮއްޑޫ އެވެ. ޚާއްސަކޮށް ކޮންމެ ރޯދަމަހަކަށް ކަރާ ހެއްދުމަކީ ތޮއްޑުއަށް ޚާއްސަ ކަމެކެވެ.

ތޮއްޑޫ ދަނޑުވެރިން ބުނަނީ މިފަހަރު އެންމެ ބޮޑަށް ހިތްހަމަޖެހުނީ ދަނޑުތަކަށް އެއްވެސް މައްސަލައެއް ދިމާނުވެ ބާޒާރަށް ދަނޑުވެރިކަމުގެ ބާވަތްތައް ނެރެވުމުންނެވެ. "މިފަހަރު ވިއްސާރަވެ އަދި ހޫނު ގަދަވުމުގެ ސަބަބުން ދަނޑުތަކަށް އެއްވެސް މައްސަލައެއް ދިމައެއްނުވޭ. އެހެންނަމަވެސް މިފަހަރު ހެއްދި ފަޅޯގެ އަގު އަދި މިދަނީ ވަރަށް ދަށްކޮށް. ފަޅޯ ކިލޯއެއް ފަސް ރުފިޔާއަށް މިވިކެނީ. އެކަމަކު މާދަމާއިން ފެށިގެން ދިހަރުފިޔާއަށް ކިލޯއެއް ވިއްކޭނެ،" ތޮއްޑޫ ދަނޑުވެރިއަކު ބުންޏެވެ.

އޭނާ ބުނީ މިފަހަރުވެސް އެންމެގިނަވާނީ ކަރާ ކަމަށެވެ. އެއްވެސް ދަތިކަމެއްނެތި ރޯދަ މަސް ނިމެންދެން ކަރާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ. ކަރާގެ އަގު މިހާރު ހުރީ ވިހިރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. އޭގެ އިތުރަށް ލެޓިއުސް، ކޮޕީފަތް، ކުއްޅަފިލާ، މިރުސް ފަދަ އެއްޗެހިވެސް ބާޒާރަށް މިފަހަރުވެސް ވަނީ ނެރެފައެވެ. "އެހެންނަމަވެސް މިފަހަރު މިރުސް ވަރަށްމަދުވާނެ. އެންމެ ގިނަވަނީ ކަރާ. ދެން އެންމެ ގިނަވާނީ ފަޅޯ،" ތޮއްޑޫ ދަނޑުވެރިއެއް ކަމަށްވާ ވަޙީދު ބުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.