
މި އަހަރުގެ ރަމަޟާން (ރޯދަ މަސް) ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާއަށްފަހު އިއްވި ބަޔާނުގައި ވިދާޚުވެފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމަށް ނިންމެވީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ހަނދު ފެނިފައި ނުވާތީއެވެ. އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް ހަނދު ފެނިފައިނުވާތީއެވެ.
ފަލަކީ ހީސާބުތައް ވެސް ދައްކައިފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވަނީ މެއި 6 ވަނަ ދުވަސް ކަމަށެވެ.