
މާފުށީ ޖަލުގައި ތިބި ބަނގްލަދޭޝް ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.
މި ޙާދިސާގައި އެކަކުވަނީ ދެންހުރިހާގެ މޭގައި ފައިޖަހައި މާރާމާރީ ހިންގައިފައެވެ. ފުލުހުން ވިދާޅުވީ ފައިޖެހުމުން އެމީހާގެ އަނގައިން ލޭއައިސްފައިވާ ކަމަށެވެ. އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނައުމަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ. މިޙާދިސާގައި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.
އަނިޔާވެފައިވަނީ ޢުމުރުން 31 އަހަރުގެ މީހަކަށެވެ. މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 2:37 އެހައިކަންހާއިރު އެވެ.
ފުލުހުން ގެންދަނީ މިމައްސަލަވެސް ތަޙުޤީޤު ކުރައްވަމުންނެވެ.