
ކ. އަތޮޅު ގުޅީ ކުނިގޮނޑުގައި ބަޔަކު ރޯކޮށްފައިވާ އަލިފާން ކޮންޓްރޯލް ވަރަށް ބޮޑަށް އަނދަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި ރަށުތެރެއަށް ދުމުގެ އަސަރު ވަރަށްބޮޑަށްކޮށްފައިވާ ކަމަށެވެ. އަދި ކުނިގޮނޑުން އަރާ ވަސް ވެސް ދުމާއެކުވަނީ ރަށުތެރެއަށް ފެތުރިފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި އާއްމު ރައްޔިތުންނާއި އަނަންތަރާ ރިސޯޓުގެ ފަޔަރުންގެ އެހީތެރިކަމާއެކު މިރޭ 11:30ގައި ވަނީ އަލިފާން ނިއްވާލައިފައެވެ. އެހެންނަމަވެސް އަދިވެސް ރޯވެދާނެތީ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.