ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް ނާކާމިޔާބުވި ސަބަބެއް ކަމަށް ޤަބޫލު ކުރެވެނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރެއްވި އިސް ބޭފުޅުންގެ އިސްތަށިފުޅުގައި ނުޙައްޤު އިލްޒާމްތަކެއް އެޅުވުމުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ކުރިން ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލްކަން ކުރައްވައިފައިވާ ޑރ. ޚަލީލް ވިދާޅުވީ ނުޙައްޤު ވާހަކަތަކެއް ފަތުރައި އިލްޒާމްތަކެއް އެޅުވުމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކެމްޕޭނަށް ކުރި ކަމަށެވެ. "ނުޙައްޤު ވާހަކަތަކެއް، އިލްޒާމްތަކެއް ރައީސް ޔާމީންގެ ސަރުކާރުކާރާއި ސަރުކާރަށް ނިސްބަތްވި ބޭފުޅުންގެ ބޮލުގައި އެޅުވުން އެ އިލްޒާމްތަކުގެ އަސަރު ކެމްޕޭނަށް ކުރިކަމަށް ބޮޑަށް މިބެލެވެނީ. އޭގެ އިތުރުން އިންތިޚާބު އޮޅުވާލުމަށްޓަކައި ކަންތައްތަކެއް ކުރިކަމަށް އެބަބެލެވޭ. އެހެންވީމާ އޭގެ ނަތީޖާ ފެނިގެން މިދިޔައީ،" އޭނާ ވިދާޅުވިއެވެ.
އިންތިޚާބަށް ވަރަށްބޮޑަށް ނުފޫޒު ފޯރުވާފައިވާކަމަށް ކޮމަންވެލްތުން ވެސް ބުނެފައިވާ ކަމަށާއި ޕްރޮގްރެސިވް ކޯލިޝަން ބަލިވުމުގެ މައިގަނޑު އެއް ސަބަބަކީ އެއީކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. " އެކަންކަން ތަފްސީލުކޮށް ދިރާސާ ކުރުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ،" އޭނާ ވިދާޅުވިއެވެ.
Varah rangalhah dhiraasaa kuraathi. eyrun engeynee leader ship fail vegenkan kaamiyaabu nuvee. rayyithun thaaeedh hoadhan neygunee. varah salaam
ކޮމަންވެލްތޭ ކަޔައިގެންވެސް އަދިވެސް ހަމަ ދޮގުހެދޭތޯ. މަކަރާ ޖަހައިގެން ދުނިޔެ ކެވޭނެ ވަރަށް ކެވި ނިމިފައި މިއޮތީ. ދެން ތިޔަބޭފުޅުންނަކަށް އެކަމެއް ނުވާނެ.