މިބަލަނީ ވަގުތީ ނަތީޖާ އިޢުލާން ކޮށްމިއަދު ނިމޭނެ ކަމަށް: އީސީ

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށް ނިންމަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީ އިޢުލާންކޮށް ވަރަށް އަވަހަށް ނިންމަވާނެއެވެ. އެގޮތުން މިއަދުގެ ނިޔަލަށް ވަގުތީ ނަތީޖާ އިޢުލާންކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަގުތީ ނަތީޖާ އިޢުލާން ކުރަމުން ގެންދަނީ އިންތިޚާބީ މައިމަރުކަޒު ބައުޖަމާލުއްދީން ސްކޫލުގައެވެ.

މި އިންތިޚާނުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން  220،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ. މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 އަށް ވުރެ ގިނަ ގޮނޑި ކަށަވަރު ވެފައެވެ. މިއީ އެއްޕާޓީއަކަށް މިހާބޮޑު އަޣުލަބިއްޔަތެއް ލިބުނު ފުރަތަމަ ފަހަރެވެ. އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އަޣުލަބިއްޔަތުގެ ބޭނުން ޒިންމާދާރު ކަމާއެކު ހިއްޕަވާނެ ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.