
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުފޮށިތައް ބަންދު ކުރަންފަށައިފައެވެ. ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފައިވަނީ 6:00 ގައެވެ. އެހެންނަމަވެސް ގަޑި ޖެހުނުއިރު ކިޔުގައި ބަޔަކު ތިބި ކަމަށްވާނަމަ ވޯޓު ލުމުގެ ފުރުސަތު އެމީހުންނަށް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ގަޑި ޖެހުމަށްފަހު ކިއުއަށް އެރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.
ކުރިން ހަމަޖައްސަވައިފައިއޮތީ ހަވީރު 4:00 ގައި ވޯޓު ފޮށިތައް ބަންދުކުރާ ގޮތަށެވެ. އެހެންނަމަވެސް ވޯޓުލާން އަންނަ މީހުންގެ ޢަދަދު ހޫނު ގަދަވުމުގެ ސަބަބުން އާދަޔާ ޚިލާފަށް މަދުވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ 6:00 އަށް ވަގުތު އިތުރު ކޮށްދެއްވީއެވެ.
މިހާރު ބަންދު ނުކޮށްހުރީ އޭދަފުއްޓާއި ފުވައްމުލަކުގެ ދެ ފޮށްޓެވެ. ވޯޓު ފޮށިތައް ބަންދު ކުރުމަށްފަހު މިހާރުވަނީ ގުނަންވެސް ފަށައިފައެވެ.