
ރޭ ފަތިހު ސ. ފޭދޫ ގެއެއްގައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން އެ ސަރަޙައްދަށް ފުލުހުން ދިޔައިރު އެގޭގައި ހުރި ސައިކަލެއް ބޭރަށް ނެރެގެންވަނީ އަލިފާ ރޯކޮށްފައެވެ. ރޭ ފަތިހު 4:50 އެހައިކަންހާއިރު ހިންގި މިޙާދިސާގައި އެ ސައިކަލްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
ފުލުހުން ގެންދަވަނީ އެމައްސަލަ ބައްލަވަމުންނެވެ.