އޮޓިޓް ރިޕޯޓަށް އެޗްއާރުސީއެމް އިން ރައްދުދީފި

medium_69758

ހިއުމަން ރައިޓްސް މޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކަށް އެކޮމިޝަނުން ރައްދު ދީފިއެވެ.

އޮޑިޓް ރިޕޯޓުގައި ވާ މައްސަލަތަކުގެ ތެރެއިން ދެހާސް ފަނަރަ ވަނަ އަހަރު ނިމުނު އިރު އެޗްއާރުސީއެމްއަށް ލިބެންޖެހޭ 1.2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ކޮމިޝަނުން ހޯދާފައިނުވާ ކަމަށާއި ބަޖެޓުގެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެޗްއާރުސީއެމްއިން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީހިސާބުތައް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ބޭނުންކުރަމުންދާ ސެޕް ސިސްޓަމަކީ ހަމައެކަނި ދައުލަތުގެ މާލީވުޒާރާގެ ބެލެހެއްޓުމުގެ ދަށުން ކުރިއަށްގެންދާ ސިސްޓަމަކަށް ވީހިނދު މިސިސްޓަމަށް ގެންނަ އުނިއިތުރު ގެނެވޭނީވެސް ހަމައެކަނި މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ކަމަށެވެ.

އެހެންކަމުން ކޮމިޝަނަށް މިދިޔަ އަހަރަށް ލިބިފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރެވޭނެ ފުރުޞަތެއް ނެތްކަމަށާ، ބަޖެޓުން އިތުރަށް ޚަރަދުކުރިކަމަށް އޮޑިޓްރިޕޯޓުގައިވަނީ ހަޤިގަތާ ޚިލާފު ވާހަކައެއްކަމަށެވެ.

މީގެ އިތުރުން 2011 ވަނަ އަހަރުން 2014 ވަނަ އަހަރަށް ހިއުމަން ރައިޓްސްގެ ދާއިރާއިން ކޯސްތަކެއް ފުރިހަމަ ކުރުމަށް ހަތަރު މުވައްޒަފަކު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސްކޮލަޝިޕުގައި ރާއްޖެއިން ބޭރަށް ފޮނުވި އިރު، އެ ހަތަރު މުވައްޒަފުން ވެސް ކޯސް ފުރިހަމަ ނުކޮށް އެނބުރި މާލެ އައި އިރު، އެމީހުންގެ ފަރާތުން ކޮމިޝަނުން ކުރި ޚަރަދުގެ ބަދަލު ހޯދާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.

އެޗްއާރުސީއެމުން ވިދާޅުވީ ކޮމިޝަނުގެ ޚަރަދުގައި ކޯސްތަކުގައި ބައިވެރިވެ، ނަމަވެސް ކޯސް ފުރިހަމަ ނުކުރާ ފަރާތްތަކުން ހޯދަންޖެހޭ ފައިސާ ދައްކާނެ ގޮތުގެ ތާވަލެއް ތައްޔާރުކޮށްފައިވާ ކަމަށާއި، ތާވަލާ އެއްގޮތަށް ފައިސާ ލިބޭ ވަރަކުން ދައުލަތުގެ ބަޖެޓަށް ޖަމާކުރެވޭނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.