ފިހާރައަކުން ފައިސާތަކެއް ނެގި ދެމީހަކު ބަންދުކޮށްފި

ކޮޅުމަޑުލު ހިރިލަންދޫ ފިހާރައަކުން ފައިސާތަކާއި ސިގެރޭޓް ފޮށިތަކެއް ވަގަށްނެގި ދެމީހަކު ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެކަން ބެލުމަށް ހިންގި އޮޕަރޭޝަނެއްގައި ބަންދުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި އެތަކެތި ފެނިފައިވަނީ އޭގެ ތެރެއިން 31 އަހަރުގެ މީހާ  ދިރިއުޅޭގެއިންނެވެ. އެތަކެތި ހޯދައިފައިވަނީ އޭނާ އުޅޭބައި ބަލައި ފާސްކުރަމުން ދިޔައިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އެގެ ބަލައި ފާސްކުރައްވައިފައިވަނީ ގޭގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެންނެވެ.

މިމައްސަލައިގައި އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންނަށް ކޯޓަށް ގެންދިޔުމުންވަނީ ކޮންމެ މީހަކު 10 ދުވަސް ޖަހައިދީފައެވެ. ރާއްޖޭގައި މިހާރުދަނީ މިފަދަ ޢަމަލުތައް ހިންގުން އިތުރުވަމުންނެވެ. ފުލުހުން ގެންދަވަނީ މިފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތް ކުރައްވަމންނެވެ.

އެފިހާރާއިން އެމީހުން ނަގައިފައިވާ ފައިސާގެ ޢަދަދެއް ފުލުހުން ވިދާޅުވެފައެއްނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.