ލ. ދަނބިދޫއަށް އައި ބޯޓެއް ބަލައިފާސްކޮށް ބަނގުރާފުޅިއެއް ހޯދައިފި

Dhanbindhoo

ލ. ދަނބިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ފުޅި ފެނިފައިވަނީ ލ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ލ. ދަނބިދޫއަށް އައި ބޯޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެބޯޓުން ބޭލި ފޮށިގަނޑެއްގެ ތެރެއިންނެވެ. މި ބޯޓަކީ މާލެއިން ފުރައިގެން ލ. ދަނބިދޫއަށް އައި ބޯޓެކެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.