
ބޮލީވުޑް ފިލްމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން އެކްޓަރެއްގެ މަސައްކަތް ކުރުމަށްފަހު ކުޅަދާނަ އެކްޓަރ ބޯމަން އިރާނީ ފިލްމު ޑައިރެކްޓް ކުރުމާ ދިމާއަށް މިސްރަބު ޖަހައިފިއެވެ. އެގޮތުން ބުރާސްފަތި ދުވަހު އޭނާ ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ހުޅުވާފައެވެ.
"އިރާނީ މޫވީ ޓޯން" ލޯންޗުކުރީ އަމީތާބް ބައްޗަން އެވެ. މިތަން ހުޅުވުމަށް ބޭއްވި އިވެންޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އިރާނީ ބުނީ އޭނާ ބުނީ ތަރިއެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަަމަށާއި ޕްރޮދަކްޝަން އާ ދިމާއަށް މިސްރާބު ޖެހީ އާ ފަންނެއް ފާހަގަ ވުމުން ކަމަށެވެ. އަދި އެއީ ލިޔުން ކަމަށާއި ވަރަށް ކުޑަ އިރު ވސް ލިޔެ އުޅުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ އަކި މޮޅު ލިޔުންތެރިއެއް ނޫންކަަމަށް އިރާނީ ބުންޏެވެ.
ނަމަވެސް ވޭތިވެދިޔަ އަހަރުތަކުގައި ފޮތް ކިޔައިގެންނާއި ތަޖުރިބާ ކާރުންގެ އެހީގައި މިހާރު އެފަންނު ދަސްކޮށްފައިވާ ކަމަށް އިރާނީ ބުންޏެވެ. މިހާރު ސްކްރިޕްޓެއް ލިޔެފައިވާ ކަަމަށްވެސް އިރާނީ ބުންޏެވެ. އަދި ވަރަށް އަވަހަށް އެ ސްކްރިޕްޓަށް ފިލްމެއް އުފައްދާނެ ކަމަށް ވެސް ބުންޏެވެ. އޭނާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފުރަތަމަ ފިލްމަކީ އޭނާގެ ސްކްރިޕްޓަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އިރާނީ ބުންޏެވެ. ނަމަވެސް ޒުވާން ލިޔުންތެރީންނަށް ލިޔަން ދަސްކޮށްދިނުމަށް އޮސްކާރ އިނާމް ލިބިފައިވާ ސްކްރިޕްޓް ރައިޓަރ އެލެގްޒެންޑަރ ޑިނެލާރިސް އިރާނީ މޫވީ ޓޯން ގައި ތަމްރީން ޕްރޮގްރާމް ހިންގާގޮތަށް ވަނީ ހަމަޖެހފިައެވެ. އޭގެތެރެއިން މޮޅު ސްކްރިޕްޓެއް ފާހގަކުރެވިއްޖެނަމަ އެ ސްކްރިޕްޓަކަށް އިސްކަން ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
އިރާނީ ވަނީ މަޝްހޫރު ރާޖް ކުމާރް ހިރާނީގެ ފިލްމުތަކގުައި މަސައްކަތް ކޮށްފައެެވެ. އޭގެ ތެރޭގައި 'މުންނާ ބާއީ' ސިލްސިލާ، '3 އިޑިއަޓްސް'، 'ޕީކޭ'، އަދި 'ސަންޖޫ' ހިމެނެއެވެ. އެކްޓަރެއްގެ ގޮތުގައި ލިބުނު ކުރިއެރުމުގައި ރާޖް ކުމާރު ހިރާނީގެ ދައުރު ވަރަށް ބޮޑު ކަމަށް އިރާނީ ބުންޏެވެ.