ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ޑީސަލާއި ޕެޓްރޯލުގެ އަގު އެކުންފުނިން ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން މިހާރު ނިންމާފައި ވަނީ ޑީސަލް ލީޓަރެއް 9.99 ރުފިޔާއަށް ވިއްކާގޮތަށެވެ. މިއީ ކުރިން ވިއްކަމުން އައި އަގަށްވުރެ 2 ރުފިޔާ ހެޔޮ އަގެކެވެ. އެކުންފުނިން ޕެޓްރޯލު ލީޓަރެއް ވިއްކަން ނިންމާފައި ވަނީ 10.19 ރުފިޔާއަށެވެ. މިއީ ކުރިން ވިއްކަމުން އައި އަގަށްވުރެ ލީޓަރަކުން 1 ރުފިޔާ ހެޔޮ މިންވަރެކެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލަށް މިގެނައި ހެޔޮ ބަދަލުގެ ސަބަބުން ކުރިން ޑީސަލު ލީޓަރެއް ވިއްކަމުން އައި މިންވަރުން 16 އިންސައްތަ ވަނީ ހެޔޮ ވެފައެވެ. ޕެޓްރޯލުންވެސް 8.9 އިންސައްތައިގެ މިންވަރެއް ވަނީ ހެޔޮ ވެފައެވެ.

ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް ޑީސަލުގެ އަގު ހެޔޮކޮށް ލިބޭނެގޮތް ހެދުން ހިމެނެއެވެ. ޚާއްސަކޮށް މަސްވެރިންނަށް ވިއްކާ ޑީސަލުން ޑިއުޓީ ކަނޑާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.