ހުރަވީ ސކްލޫކަލީ އެއް ދަންފަޅިއެއް ކިޔަވާދެވޭ ގޮތަށް ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާ ކުރެވިފައިވާ ޢިމާރާތެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ހުރަވީ ސްކޫލް ހުޅުއްވައި ދެއްވަމުން ރައީސް ވިދާޅުވީ މި ސްކޫލް ޢިމާރާތް ކޮށްފައިވަނީ ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވަރަށް އެކަށޭނެ ގޮތަކަށް ކަމަށެވެ.
#Live
President @ibusolih inaugurates the newly built Huravee School in #Hulhumalé pic.twitter.com/hebToGDqaF— The President's Office (@presidencymv) January 13, 2019
ހުރަވީ ސްކޫލުގައި ކިޔަވާދޭނީ ހުސް ދޭސީ ޓީޗަރުންނެވެ. ސަރުކާރުން ބޭޏުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް ބަދަލުވުމަށްޓަކައި ތަޢުލީމީ ނިޒާމުން ބިދޭސީން މަދުކޮށް ދިވެހީން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްޤީ އަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިއްމު މަސައްކަތަކީ މީހުން ބިނާ ކުރުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަކީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީ އަށްޓަކައި ކުރައްވާނެ އެންމެ މުހިއްމު އަދި އެންމެ ބޮޑު މަސައްކަތް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ދަރުވަރުންގެ ކިޔެވުމުގެ ކަންތައްތައް ފުރިހަމަކުރުމަށް މި އަހަރުގެ ބަޖެޓުގެ 8.98 އިންސައްތަވަނީ ކަނޑައަޅާފައެވެ، އެއީ ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާއެވެ. މިއަހަރު ޕްރީ-ސްކޫލް މަރުޙަލާ އިން ފެށިގެން ގުރޭޑް 12 އާ ހަމައަށް 70. 035 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަތީ ތަޢުލީމުގެ ސިޔާސަތުތައް އެކުލަވާލައްވާފައިވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ގައެވެ. އެގޮތުން ބެޗެލަރސް ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރޞަތު ފަހިކޮށްދެއްވައި މަތީ ތަޢުލީމުގެ ލޯނު އިންޓްރެސްޓް (އިދާރީ ފީ) ތިނެއް އިންސައްތައަށް ކުޑަކުރައްވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.