ޕީއެންސީގެ 4 ހާސް ފޯމު އިލެކްޝަނަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހައްދަވަން އުޅުއްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓަރީ ކުރުމަށްޓަކައި 4000 ފޯމު ހަމަކޮށް އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ފޯމަށްވުރެ 1000 ފޯމު އިތުރަށް ހުށަހެޅިއިރު އެޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިލެއްވީ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމްއެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުމަށްޓަކައި ފޯމު ހުށަހެޅިއިރު ޕީޕީއެމްގައި ކުރިން ތިއްބެވި އިސްބޭފުޅުންވެސް މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. އޭގެތެރޭގައި ޔާމީނުގެ ސަރުކާރުގެ ބަޔެއް ވަޒީރުންވެސް ހިމެނެއެވެ.

ޕީއެންސީ އުފެއްދުމުގެ ކަންކަން ކުރިޔަށްދާއިރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންނާއި ގުޅުން ހުރި ބަޔެއް ކަންކަމުގައި އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް މިހާރު ވަނީ ބަޔާންތައްވެސް ނަގައިފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.