
މާލެ އަތޮޅު ބޮލިފުށި ރިސޯޓުގެ މުވައްޒަފުން ގޮވައިގެން ނައިޓުފިޝިންއަށް ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ފަރަށް އަރައިފައިވަނީ "ޢަޒުމް 2" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެދޯނިއަރައިފައިވަނީ ބޮލިފުށި ރިސޯޓުގެ އިރުމަތީފަރާތު ގިރިއަކަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ ދޯނީގައިތިބީ 6 މީހުން ކަމަށާއި އެމީހުން މިހާރުވަނީ ބޮލިފުށްޓަށް ގެންގޮސްފައި ކަމަށެވެ. އެދޯނިންވަނީ ޕަމްޕެއް ބޭނުންވެގެން އެމްއެމްޑީއެފްގެ އެހީތެރިކަމަށް އެދިފައެވެ. އެތަނުން ވިދާޅުވީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް މިހާރުދަނީ ޕަމްޕެއްހިފައިގެން އެހިސާބަށް ދަތުރުފަށައިފައި ކަމަށެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 9:40 އެހައިކަންހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.